ޕޮލިޓިކްސް

މަޖިލިސް ހިންގަނީ ހުދުމުހުތާރުކޮށް ކަމަށް ބުނެ އިދިކޮޅުގެ ސިޓީއެއް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހިންގަވަނީ -- ފޮޓޯ: މަޖިލީސް
100%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަޖިލިސް ހިންގަވަމުން ގެންދަވަނީ ގާނޫނު އަސާސީން މަޖިލީހަށް ލިބި ނުދޭ ބާރުތަކެއް ޖަމާ ކޮށް ހުދުމުހުތާރު ގޮތަކަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ރައީސް ނަޝީދަށް ސިޓީއެއް ފޮނުވައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ސޮއި ކުރައްވައި ފޮނުއްވި ސިޓީގައި ވަނީ، މަޖިލީހުގެ މައިނޯރިޓީއަށް ފުރުސަތު ދިނުމެއް ނެތި، މަޖިލީހުގެ ތެރެއިން މައިނޯރިޓީގެ އަޑު ކަނޑުވާލުމަށް ފަހުގައި ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަކަށް މަޖިލީހުގެ ގަވާއިދުގެ ބޭރުން ވެސް އަމަލު ކުރަމުންދާ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގެ ތެރޭގައި އެމްޑީޕީގެ މެންބަރުން މެދުވެރިކޮށް އިދިކޮޅު ކޯލިޝަންގެ މެންބަރުންނަށް ހަމަލާ ދިނުމާއި އެކި ގޮތްގޮތުން އިދިކޮޅު މެންބަރުންނަށް ޖެއްސުން ކުރުން ފަދަ ކަންކަން މަޖިލީހުގައި ކުރައްވަމުން ގެންދަވާ ކަމަށެވެ. އިދިކޮޅު މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެތައް ފަހަރަކު އެދުމުން ވެސް އެ ކަމެއް ނުކޮށްދެވޭ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން ރައީސް ނަޝީދު އިއްވި އެވެ. އެކަމަކު ތަޅުން ދޫކުރައްވަން ޝިޔާމް ދެކޮޅު ހެއްދެވި އެވެ. ދެން ޝިޔާމް ނެރުނީ އެމްޑީޕީގެ މެންބަރުން އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ.

އޭގެ ފަހުން އިދިކޮޅު ކޯލިޝަންގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އިންޓަ ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) އަށް ޝިޔާމް އެ މައްސަލަ ހުށަހެޅުއްވުމުން އެ ޔުނިއަން އިން ވަނީ މައްސަލަ ބަލަން ވެސް ފަށައިފަ އެވެ.

ރައީސް ނަޝީދަށް އަދުރޭ ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއިން ރައްޔިތުންގެ މަޖިލީހަށް ނުލިބޭ ބާރުތައް ވެސް ރައީސް ނަޝީދު އިސްވެ ހުންނަވައި ޖަމާކޮށްފައިވާ ކަމަށެވެ. މި ގޮތުން ރައީސް ނަޝީދުގެ މުށުތެރެއަށް ޝަރުއީ ބާރު ލާފައިވާ ކަމަށާއި ފުލުހުންގެ ބާރުގެ ތެރެއަށް ވެސް ވަންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަޖިލީހުގައި އިދިކޮޅު ކޯލީޝަންގެ މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަޖިލީހަށް ދީފައިވާ ބާރުތައް ނޫން ބާރުތަކުގެ ތެރެއަށް އަރައިނުގަންނަ ގޮތަށް މަޖިލިސް ހިންގަވަން އެ ސިޓީގައި ގޮވާލާފައިވެ އެވެ. ރައީސް ނަޝީދު އިސްލާހު ވެސް ގޮވާލާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345