ބޭރު ކުޅިވަރު

މެސީއާ ހެދި ސުއަރޭޒާއި ނޭމާގެ ރުޅި ސަޕޯޓަރުންނަށް

Oct 1, 2015

ލަޔޮނަލް މެސީ ނެތި ކުޅެން ޖެހުމުން ބާސެލޯނާގެ ޓީމުގެ ފަހަތުގައި ނުތިބޭ ކަމަށް ބުނެ އެ ޓީމުގެ ފޯވަޑް ނޭމާ ރައްދުދިން އިރު ފޯވަޑް ލުއިސް ސުއަރޭޒް ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ބްރެޒިލްގެ ކެޕްޓަން ބުނީ ސަޕޯޓަރުންގެ ޓީމާއެކު ނެތުމަކީ މޮޅުވާން އުނދަގޫވާ ސަބަބެއް ކަމަށެވެ.

"ސަޕޯޓަރުން އަހަރުމެންނާއެކުގައި ނެތްކަން އެނގުމަކީ މޮޅުވާން އުނދަގޫވާ ސަބަބެއް. އެކަމަކު އަހަރުމެންނަށް އެނގޭ އެމީހުން އަހަރުމެންގެ ފަރަތުން ގިނަކަންތައްތަކަށް ބޭނުންވާކަން،" ޗެމްޕިއަންސް ލީގުގައި އިއްޔެރޭ ބަޔާން ލެވަކޫސަން އަތުން ވަރަށް އުނދަގުލުން ބާސެލޯނާ މޮޅުވި މެޗަށް ފަހު ނޭމާ ބުންޏެވެ.

އޭނާ ބުނީ ޓީމު މޮޅުކޮށްދިނުމަށް ކުޅުންތެރިންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާ ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ މޮޅުވީމަ. އަހަރުމެންނަށް މޮޅުވާން އުނދަގޫވި. ވަރަށް އުނދަގޫވި. އެކަމަކު އެންމެ މުހިންމު ކަމަކީ މޮޅުވުން. އެކަން އަހަރުމެންކޮށްފިން،" ނޭމާ ބުންޏެވެ.

އޭނާ އަދި ބުނީ މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ދަނޑުމަތީގައި ނެތުމުގެ އިހުސާސް އެންމެނަށް ވެސް ކުރެވޭ ކަމަށެވެ.

 ސުއަރޭޒް ބުނީ ބާސެލޯނާ ސަލާމަތްކޮށްދޭކަން ވަކި މީހަކު ބޭނުންނުވާ ކަމަށާއި އެއްވެސް ކުޅުންތެރިއަކު މެސީ ކޮޕީ ކުރަންވެސް ނުޅޭ ކަމަށެވެ.

"މެސީ ނެތި ކުޅުންޖެހުމުން ވަރަށް ގިނަ އިތުރު ޑިމާންޑްތައް ހުންނާނެ. އެއްވެސް މީހަކު މެސީ ކޮޕީކުރާކަށް ނުވަތަ އޭނާ ފޮލޯކުރާކަށްނުޅޭ. މިހާރުތިބި ފޯވަޑުންނަކީ ނޭމާ އާއި ސަންދްރޯ އަދި މުނިއާ އާއި އަހަރެން. އަހަރުމެންނަށް އޮތީ މަސައްކަތްކުރުން އަދި އަހަރުމެންނަށް ލިބިފައިވާ ފުރުސަތުގެ ބޭނުންހިފުން،" ލެވަކޫސަން އަތުން ބާސެލޯނާ މޮޅުވި ލަނޑު ކާމިޔާބުކޮށްދިން އުރުގުއޭގެ ފޯވަޑް ބުންޏެވެ.