ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

Jul 6, 2020

ކޮވިޑް-19 ގައި އިތުރު މީހަކު ރާއްޖޭގައި މަރުވެއްޖެ އެވެ. މިއަދު ފަތިހުގެ ވަގުތެއްގައި މަރުވެފައިވަނީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 80 އަހަރުގެ ފިރިހެނެކެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 12 ވަނަ މީހާ އެވެ. އިއްޔެ ވަނީ 77 އަހަރުގެ އަންހެނެކު ވެސް މަރުވެފައިވެ އެވެ. އެ އަންހެން މީހާއަކީ މީގެ ހަތަރު ދުވަސް ކުރިން ކޮވިޑްގައި މަރުވި 92 އަހަރުގެ މީހާގެ އަނބިމީހާ އެވެ.

މި މީހާ މަރުވުމުން ކޮވިޑްގައި ރާއްޖެއިން މަރުވި ދެމަފިރިންގެ އަދަދު ދެއަކަށް ބަދަލުވީ އެވެ. ކުރިން އަވަހާރަވީ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ) ގެ ދެކަނބަލުންނެވެ. އެ ދެ ބޭފުޅުން އަވަހާރަވީ ވަރަށް ކައިރި ކައިރީގަ އެވެ.

ރާއްޖެއިން މިހާތަނަށް 12 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ދުވަސްވީ މީހުންނެވެ. ދެން މި ބަލީގައި ރާއްޖެއިން މަރުވީ ބަންގްލަދޭޝް މީހުންނެވެ. އޭގެ ތެރޭގައި ދެބައި އުމުރުގެ މީހުން ވެސް ހިމެނެ އެވެ.

ކޮވިޑް-19 ބަލި މާލޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްލޯކުރެވިފަ އެވެ. ކޭސްތައް ފެންނަ މިންވަރު މަދުވެފައިވާއިރު މިހާރު ސަރުކާރުން ވަނީ މާލޭގެ ލޮކްޑައުންއަށް ވެސް ބޮޑު ލުއިތަކެއްދީފަ އެވެ.