ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ހަތް ލައްކަ ކޭހާއެކު އިންޑިއާ ތިން ވަނަ އަށް

Jul 6, 2020

ނިއު ދިއްލީ (ޖުލައި 6) - އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރަށް މަޑުޖެހުމެއް އައިސްފައިނުވާއިރު، 700،000 ކޭހާއެކު މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ މީހުނަށް ބަލި ޖެހުނު ގައުމުތަކުގެ ތެރެއިން ތިން ވަނަ އަށް އިންޑިއާ އަރައިފި އެވެ.

އެގޮތުން، މިއަދު އެކަނި 23،000 އަށް ވުރެ ގިނަ މީހުނަށް އެ ބަލި ޖެހިފައިވާކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިދިއަ ޖެނުއަރީ މަހު އިންޑިއާ އިން ކޮވިޑް-19 އިގެ ފުރަތަމަ ކޭސް ފެނުނު ފަހުން، އެ ބަލީގެ ޝިކާރައަކަށްވި މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް 20،000 އާ ގާތްކޮށްފަ އެވެ.

އެމެރިކާ އާއި ބްރެޒިލް އަށް ފަހު މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ މީހުނަށް ބަލި މިހާރު ޖެހިފައިވަނީ އިންޑިއާ ގައި އެވެ.

އެގޮތުން، އެ ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ އާ ގާތްގަނޑަކަށް އާބާދީގެ ނިސްބަތް އެއް ހަމައެއްގާ ހުރި ނަމަވެސް، ޗައިނާ އާ އަޅާބަލާއިރު، އިންޑިއާގައި އެ ބަލި ޖެހުނު މީހުން އަށް ގުނަ އިތުރެވެ.

ބަލި ޖެހޭ މިންވަރު އިތުރުވުމާއެކު، އާގްރާ ސިޓީގައި ހުންނަ ތާޖު މަހަލް އާއްމުންނަށް ހުޅުވާލުމަށް ނިންމި ނިންމުންވެސް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.