ލަދަކް (ޖުލައި 6) - އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުން ޗައިނާ ސިފައިން ފަހަތަށް ޖައްސަން ފަށާފައިވާކަމަށް އިންޑިއާ އިން ބުނެފި އެވެ.
އިންޑިއާ އިން މިހެން ބުނެފައިވަނީ އެ ސަރަހައްދުގައި ބޯޑަރު ބަލަހައްޓަންތިބި އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންނާމެދު ބޮޑު ކުރިމަތިލުމެއް ހިނގާފައިވާ ދަނޑިވަޅެއްގަ އެވެ.
ކޯރުތަކާއި، ސްނޯކެޕުތަކުގެ ސަބަބުން، ދެ ފަރާތުން އެލްއޭސީގެ ގޮތުގައި ބަލާ ރޮނގު މޫސުންތަކާއެކު ބަދަލުވެ އެވެ. އެއާއެކު، 1962 ވަނަ އަހަރު ހަނގުރާމައެއް ވެސް ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ދެ އަސްކަރިއްޔާ އާދެމެދު ދޭ ތެރެއަކުން ނުތަނަވަސްކަން އިތުރުވެ އެވެ.
އެ ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހަކު ވަނީ މަރުވެފަ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ގަލްވަން ވެލީގައި ގާއިމުކޮށްފައިވާ ޓެންޓުތަކާއި ބިނާތައް ޗައިނާ ސިފައިން ވަނީ މިއަދު ރޫޅާލަން ފަށައިފަ އެވެ.
އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އަދި އިންޑިއާ އިން ވެސް މަޝްވަރާކުރެވި، އެއްބަސްވެވިފައިވާ ގޮތަށް އަމަލުކުރާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ތަރުޖަމާނު އިތުރަށް ވިދާޅުވި އެވެ.