ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބްރެޒިލްގެ ރައީސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jul 7, 2020
2

ރިއޯ ޑިޖެނޭރޯ (ޖުލައި 7) - ކޮވިޑް-19 އިގެ ނުރައްކާތެރިކަން އެހާ ސީރިއަސް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި، ބްރެޒިލްގެ ރައީސް ޖައިރު ބޮލްސެނާރޯ އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

ހުން އައުމާއެކު ކޮވިޑް-19 އިގެ އަލާމާތްތައް ހުރެގެން ބޮލްސެނާރޯ އިއްޔެ ހެއްދެވި ހަތަރު ވަނަ ޓެސްޓު ވަނީ ޕޮޒިޓިވްވެފައި އެވެ.

ކޮވިޑް-19 އަކީ "އާދައިގެ ކުޑަ ރޯގާ" އެއް ކަމަށް މީގެ ކުރިން ތަކުރާރުކޮށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އަދި އެމަނިކުފާނަށް އެ ބަލި ޖެހުނަސް "މާބޮޑު ކަމެއް ނުވާނެ" ކަމަށް މިދިއަ އޭޕްރީލް މަހު ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑުގެ ނުރައްކާތެރިކަން އެހާ ސީރިއަސް ނޫންކަމަށް ވިދާޅުވެ، ލޮކްޑައުން އުވާލުމަށް އެމަނިކުފާނު ގެންދަވަނީ ބްރެޒިލްގެ އެކި ސަރަހައްދުތަކުގެ ގަވަރުނަރުންނަށް ޕްރެޝަރު ކުރައްވަމުންނެވެ.

ބްރެޒިލްއަކީ މުޅި ދުނިޔޭގައިވެސް ދެވަނަ އަށް އެންމެ ގިނަ މީހުނަށް ބަލިޖެހުނު ގައުމެވެ. އެގޮތުން، އިއްޔެއާ ހަމައަށް ބްރެޒިލްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 65،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ބޮލްސެނާރޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިމިވަނީ، އާއްމު އެންގުންތަކާ ހިލާފަށް ޕަބްލިކް ތަންތަނުގައި މާސްކު އަޅުއްވަންވެސް ފާޅުގައި ދެކޮޅު ހައްދަވާފައިވަނިކޮށެވެ.