ވިޔަފާރި

ރާއްޖޭން ޔޫރަޕަށް ރެކޯޑް އަދަދަކަށް މަސް އެކްޕޯޓްކޮށްފި

ރާއްޖޭން ޔޫރަޕަށް ރެކޯޑް އަދަދަކަށް މަސް އެކްސްޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި ޓާކިޝް އެއާލައިންގެ ފްލައިޓަކުން ގިނަ އަދަދެއްގެ މަސް އެކްސްޕޯޓް ކޮށްފައިވާ ކަމަށެވެ. މިއީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ކާގޯ އެކްސްޕޯޓް ކުރި ދުވަހެވެ.

ޓާކިޝް އެއާލައިން އިން މި ފަހަރު ޔޫރަޕަށް އެކަނި އެކްސްޕޯޓު ކޮށްފައި ވަނީ 35.3 ޓަނުގެ ފިނިކުރި މަހާއި 1.1 ޓަނުގެ ދިރޭ މަސް ކަމަށެވެ. މިގޮތުން ޖުމްލަ 36.4 ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ވެސް ގިނަ އަދަދެއްގެ މަސް އެކްސްޕޯޓް ކޮށްފަ އެވެ. އެ ފަހަރު ޔޫރަޕަށް 32.2 ޓަނުގެ ގަނޑުކުރި މަހާއި އެއް ޓަނުގެ ލައިވް ފިޝް އަދި ފާ އީސްޓަށް އެކްސްޕޯޓް ކޮށްފައިވާ ފިނިކުރި ލަނޑަ އެވެ. އެއީ ޖުމްލަ 33.4 ޓަނެކެވެ.