ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވައިގެ ތެރޭ ކޮވިޑް ފެތުރުމާމެދު ޑަބްލިއުއެޗްއޯއިން ދެވަނަ ވިސްނުމަކަށް

Jul 8, 2020

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ވައިގެ ޒަރިއްޔާއިން ވެސް ފެތުރޭކަމުގެ ހެކިތައް ފެންނަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އެއްބަސްވެއްޖެ އެވެ.

އެގޮތުން، މީހުންގެ ގިނަ ތަންތަނުގެ އިތުރުން، ބަންދުވެފައިވާ އަދި ރަނގަޅަށް ވައި ދައުރުނުވާ ތަންތަނުގައި ވައިގެ ތެރޭގައި ބަލި ނުފެތުރޭނެކަމަށް މިހާރު ނުބުނެވޭނެކަމަށް ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ގިނަ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވާއިރު، ވައިގެ ތެރޭގައި ބަލި ފެތުރޭ ނަމަ، ގައިދުރުކުރުން ފަދަ ފިޔަވަޅުތަކަށް ބަދަލުގެންނަންޖެހޭކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ބުނެފައިމިވަނީ ކޮވިޑް-19 ވައިގެ ޒަރިއްޔާއިން ވެސް ފެތުރޭކަމަށް ކަނޑައެޅުމަށް 230 އަށް ވުރެ ގިނަ ސައިންސްވެރިން އެ ޖަމިއްޔާއަށް އިލްތިމާސްކޮށްފައިވަނިކޮށެވެ.

ކްލިނިކަލް އިންފެކްޝަސް ޑިޒީސަސް މަޖައްލާގައި އޮސްޓްރޭލިއާ އަދި އެމެރިކާގެ ދެ ސައިންންސްވެރިން، ދިރާސާއަކަށް ހަވާލާދީ ލިޔެފައިވާ ގޮތުގައި، ބަލި ޖެހިފައިވާ މީހެއް ވާހަކަ ދައްކާއިރު ނުވަތަ ކެއްސާ، ކިނބިހިއަޅާއިރު ބޭރުވާ ކުޅު ވައިގެ ތެރޭގައި ދެމި ހުންނަ ކަމަށެވެ.

އެ މަޖައްލާގެ ލިއުން، ތަފާތު 32 ގައުމަކުން ޖުމްލަ 239 ސައިންސްވެރިން ވަނީ އެންޑޯޒްކޮށްފަ އެވެ.