ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިއަދު ކޮވިޑް ޖެހުނީ 16 މީހަކަށް

Jul 8, 2020

މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 16 މީހެއް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އަލަށް ޕޮޒިޓިވްވެފައިވަނީ 11 ދިވެއްސަކާއި ފަސް ބަންގްލަދޭޝް މީހެކެވެ.

މިއަދު 16 މީހަކު ޕޮޒިޓިވްވިއިރު ކުރިން ބަލި ޖެހިގެން ފަރުވާ ހޯދަމުންދިޔަ 22 މީހަކު ރަނގަޅުވެފައިވެސްވެފަ އެވެ. މިއާއެކު ރާއްޖެއިން މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 319 އަށް ތިރިވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2،517 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން ޖުމްލަ ރަނގަޅުވެފައިވަނީ 2،180 މިހުންނެވެ. މިހާތަނަށް ބަލީގައި މަރުވެފައިވަނީ 13 މީހުންނެވެ.

މި ހަފުތާގެ ތެރޭގައި ތިން މީހަކު މަރުވެފައިވެ އެވެ. އެ ތިން މީހުންނަކީ ވެސް ދުވަސްވީ ދިވެހިންނެވެ. ކޮވިޑްގައި މަރުވި ދިވެހިންނަކީ މުޅިން ވެސް ދުވަސްވީ މީހުންނެވެ. ދެން މި ބަލީގައި ރާއްޖޭގައި މަރުވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އޭގެ ތެރޭގައި ދެބައި އުމުރުގެ މީހުން ހިމެނެ އެވެ.

މިވަގުތު ކޮވިޑްއާ ގުޅިގެން އައިސޮލޭޓްކޮށްފައި 267 މީހަކު ތިބިއިރު ކަރަންޓީނުގައި 107 މީހަކު އެބަ ތިއްބެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑަށް 58،583 ސާމްޕަލް ވަނީ ނަގާފަ އެވެ.

ކޮވިޑް ކޭސްތައް ފެންނަ މިންވަރު މަދުވެފައިވާތީ މާލޭގެ ލޮކްޑައުންއަށް ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެގޮތުން ސަރުކާރު އޮފީސްތަކާއި ސްކޫލްތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި ޕާކްތައް ވަނީ ހުޅުވާލާފަ އެވެ.