ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގެ މިސްކިތްތަކުގައި މާދަމާ ހުކުރު ކުރާނެ

Jul 9, 2020
3

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާއިން ފެށިގެން ހުކުރު ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ. މާލޭ ސަރަހައްދުގައި ހުކުރު ނަމާދު ކުރަން މި ފަށަނީ ތިން މަހަށްފަހު އެވެ.

ކޮވިޑް-19އާ ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށްފަހު އަލުން ނަމާދު ކުރަން ފަށާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މިހާރު ހުރިހާ ނަމާދެއް ވެސް ޖަމާއަތުގައި ކުރެ އެވެ. ނަމަވެސް ނަމާދު ހަތް މިނެޓަށް ވުރެ ދިގު ނުކުރުމަށް ވަނީ އަންގާފަ އެވެ.

އެހެންނަމަވެސް މިދިޔަ ހަފުތާ މާލޭ ސަރަހައްދުގައި ހުކުރު ނަމާދު ކޮށްފައެއް ނުވެ އެވެ. މިދިޔަ ހަފުތާ ހުކުރު ނަމާދު ނުބޭއްވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެ އެވެ.

ނަމާދަށްފަހު މިސްކިތްތަކުގައި މަަޑު ކުރުމާއި އަތް ޖޯޑުކޮށް ސަލާމް ކުރުމާއި މިސްކިތްތަކުގައި ހުންނަ ފޮތްތައް ނުކިޔުމަށް ވަނީ އަންގާފަ އެވެ. އަދި މިސްކިތަށް ދާއިރު އަމިއްލަ މުސައްލަ ގެންދިޔުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.