ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑާ ގުޅިގެން އެމިރޭޓްސް އިން 9،000 ވަޒީފާ މަދުކުރަނީ

Jul 11, 2020

ކޮވިޑް-19 އާ ގުޅިގެން މެދު އިރުމަތީގެ އެއާލައިނެއްކަމަށްވާ އެމިރޭޓްސް އިން 9،000 ވަޒީފާ މަދުކުރަން ނިންމައިފި އެވެ.

މިއީ މި ބަލިމަޑުކަމާ ގުޅިގެން، އެ އެއާލައިނުން މަދުކުރަން ނިންމާފައިވާ ވަޒީފާގެ އަދަދު ހާމަކުރި ފުރަތަމަ ފަހަރެވެ.

އެމިރޭޓްސްގައި 60،000 އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރާއިރު، އެ އާލައިންގެ ރައީސް ސާ ޓިމް ކްލާކް ވިދާޅުވީ މިހާރުވެސް 10 ޕަސަންޓް ވަޒީފާ މަދުކޮށްފައިވާ ކަމަށެވެ.

"އެކަމަކު އެއަށްވުރެ ގިނައިން ވަޒީފާތައް މަދުކޮށް ގާތްގަނޑަކަށް 15 ޕަސަންޓާ ހަމައަށް ދާންޖެހޭނެ،" ކްލާކް ވިދާޅުވި އެވެ.

ބަލި ފެތުރުން ހުއްޓުވުމަށް ގިނަ ގައުމުތަކުން ބޯޑަރު ބަންދުކުރުމާ ގުޅިގެން، އެކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެއާލައިންތަކަށެވެ.

ނަމަވެސް، އެހެން އެއާލައިންތަކާ އަޅާބަލާއިރު، އެމިރޭޓްސްގެ ހާލަތު އެހާ ގޯސް ނޫން ކަމަށް ކްލާކް ވަނީ ވިދާޅުވެފަ އެވެ.

އެމިރޭޓްސްގައި އުޅޭ ގާތްގަނޑަކަށް 4،500 ޕައިލެޓުންގެ ތެރެއިން 700 އެއްހާ ޕައިލެޓުން ވަޒީފާ އިން ވަކި ކުރުމުގެ ނޯޓިސް މި ހަފްތާގައިވެސް ވަނީ ދީފަ އެވެ. އެއާއެކު، ވަޒީފާ ގެއްލުނު ޕައިލެޓުންގެ އަދަދު ވަނީ 1،200 އަށް ވަނީ އަރައިފަ އެވެ.