ހަބަރު

ޑްރަގާއެކު މަގޫދޫ އިން މީހަކު ހައްޔަރު ކޮށްފި

Jul 12, 2020
1
މަސްތުވާތަކެތި ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން-- ފޮޓޯ: ޕޮލިސް
0%
0%
0%

މަސްތުވާތަކެއްޗާއެކު ފ. މަގޫދޫ އިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަގޫދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު އެރަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މީހާ ހައްޔަރުކޮށްފައި ވަނީ މާލެއިން ފުރައިގެން ފ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީއަކުން މަގޫދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު އެރަށު ބަނދަރު ސަރަހައްދުން ކަމަށާއި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910