ބޭރު ކުޅިވަރު

މުސާރަ ނުދޭތީވެ ކުރީގެ ކޯޗު ޗައިނާ ގޮވައިގެން ފީފާއަށް

Oct 3, 2015

މަގާމުން ވަކިކުރިތާ ދެ އަހަރުވީ އިރު ވެސް އޭނާގެ މުސާރަ ދީފައިނުވާތީވެ ޗައިނާގެ ކުރީގެ ކޯޗު ހޯސޭ އެންޓޯނިއޯ ކަމާޗޯ ފީފާގައި މައްސަލަ ޖައްސައިފި އެވެ.

އުމުރުން މިހާރު 60 އަހަރުގެ ކޯޗު ހުށަހެޅި މި މައްސަލަ ފީފާއިން އިން ބަލައިގެންފައިވާތީވެ ޗައިނާ އަށް އޮތީ ދެ ގޮތެއް ކަމަށް ސްޕޭނުގެ ނޫސްތަކާ ހަވާލާދީ ޗައިނާގެ މީޑިޔާއިން ބުނެ އެވެ. އެއީ ވަގުތުން ކޯޗަށް މުސާރަ ދިނުން ނުވަތަ ވޯލްޑް ކަޕް ކޮލިފައިން އިން ވަކިވުމެވެ. ކޯޗަށް މުސާރަދޭން ޗައިނާއިން ދެކޮޅު ހަދާނަމަ ވޯލްޑް ކަޕް ކޮލިފައިންއިން ޗައިނާ ވަކިކުރާނެ ކަމަށް ބެލެވެނީ މިފަދަ އެހެން މައްސަލައެއްގައި މި އަހަރު ކުރީކޮޅު ޒިމްބާބުވޭ ވޯލްޑް ކަޕް ކޮލިފައިން އިން ސަސްޕެންޑްކޮށްފައިވާތީ އެވެ.

ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ކަމާޗޯ ޗައިނާގެ ކޯޗުކަމުން ނަތީޖާ ގޯސްވުމުން 2013 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެއިރު އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަގަހު އޮތެވެ. އޭނާ ހޯދަން އެދޭ ފައިސާ އަކީ ކޯޗުކަމުން ވަކިކުރުމުން ބަދަލުގެ ބަދަލުގެ ގޮތުގައި ކޮންޓްރެކްޓްގެ ބާކީ ދުވަސްތަކަށްވާ ފައިސާ އެވެ. މި ފައިސާ އޭނާ އަށް ދޭންޖެހޭނެ ކަމަށް ކޮންޓްރެކްޓްގައި ބުނެފައިވާ ކަމަށް ވެސް ޗައިނާގެ މީޑިޔާއިން ބުނެ އެވެ.

ޗައިނާ އަކީ މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި މި ވަގުތު ދެ ވަނާގައި އޮތް ގައުމެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އެއްވަނާގައި އޮތް ގަތަރާއި ތިން ވަނާގައި އޮތް ހޮންކޮން އާއި ގްރޫޕުގެ ފުލުގައި އޮތް ބޫޓާނެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީވެ ޗައިނާއާއެކު ރާއްޖެ ކުޅެންޖެހޭ ދެ މެޗު ވެސް ކުޅެންޖެހިފައިވަނީ ޗައިނާގަ އެވެ. ފުރަތަމަ މެޗުގައި މިދިޔަ މަހު ރާއްޖެ ބަލިވީ 3-0އިންނެވެ. ދެ ވަނަ މެޗު ކުޅޭނީ އަންނަ އަހަރު އެވެ.