ޓޫރިޒަމް

ރާއްޖެ ވޯލްޑް ސްޕާ އެވޯޑަށް ނޮމިނޭޓްވެ، ވޯޓަށް

ޓޫރިޒަމްގައި ދޭ އެންމެ ހާއްސަ އެއް އެވޯޑް ކަމަށްވާ "ވޯލްޑް ސްޕާ އެވޯޑް" އަށް ރާއްޖެ ނޮމިނޭޓްވެ، ވޯޓަށް ހުޅުވާލައިފި އެވެ.

ވޯލްޑް ސްޕާ އެވޯޑަަށް ރާއްޖެއިން ނޮމިނޭޓްވެފައި ވަނީ އިންޑިއަން އޯޝަން ބެސްޓް ސްޕާ ޑެސްޓިނޭޝަން އެވޯޑް ކެޓަގަރީންނެވެ. މި އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ވޯލްޑް ސްޕާ އެވޯޑުގެ ސައިޓުގަ އެވެ.

ރާއްޖެއަށް މީގެ ކުރިން ވޯލްޑް ސްޕާ އެވޯޑު ހަ ފަހަރެއްގެ މަތިން ލިބިފައިވެ އެވެ. މި އެވޯޑަށް ރާއްޖެ ނޮމިނޭޓްވެފައި ވާއިރު، ރާއްޖޭގެ ގިނަ ރިސޯޓު ތަކެއް ވެސް ނޮމިނޭޓް ވެފައި ވެއެވެ. ވޯޓް ދިނުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ރާއްޖެއަކީ ދުނިޔޭގެ އެންމެ ލަގްޒަރީ ސްޕާގެ ހިދުމަތްތައް ދޭ އެއް ގައުމެވެ. ރާއްޖޭގައި އަންޑަ ވޯޓާ ސްޕާތައް ވެސް ހުރެ އެވެ.