ހަބަރު

ސަލާމަތަށް ނުރައްކާވާ ކަންކަމަށް ހިތްވަރު ނުދޭން އެދެފި

Jul 14, 2020
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް
0%
0%
0%

ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ނުދައްކަން ޔޫތު މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ޖަމިއްޔާ އާއި ޖަމާއަތްތަކުން ވާހަކަ ދައްކަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން އިސްލާހު ކުރުމަށް ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އިމުގެ ތެރެއިން އެ ހައްގުގެ ބޭނުން ކޮށްގެން ހިންގާ ހަރަކާތްތަކަށާއި ވާހަކަތަކަށް އެ މިނިސްޓްރީން އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

".... އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެ ކަންތައްތަކާމެދު ވާހަކަ ދެކެވުމަކީ ހަރުދަނާ ޑިމޮކްރެޓިކް މުޖުތަމައުއެއް ބިނާ ކުރުމުގައި މުހިންމު ކަމެއް ކަމަށް ދެކެން. އެހެން ނަމަވެސް ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނާނެ ފަދަ ހަރަކާތްތަކާއި ރޭވިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޖަމިއްޔާ ޖަމާއަތްތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކަކީ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނީ އިމުގެ ބޭރުން ހިންގާ ކަންތައްތައް." ބަޔާނުގައި ވެއެވެ.

ޔޫތު މިނިސްޓްރީން މިފަދަ ބަޔާނެއް ނެރުނު އިރު އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ފަހަކަށް އައިސް ވަނީ އިސްލާމްދީނާއި ދެކޮޅު ވާހަކަތައް ދައްކާ ރިޕޯޓްތައް ނެރެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345