ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގެ ދެކުނުގެ ބައެއް ސްޓޭޓުތައް އެނބުރި ލޮކްޑައުނަށް

Jul 15, 2020

ނިއު ދިއްލީ (ޖުލައި 15) - އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ، އެ ގައުމުގެ ދެކުނުގެ ބައެއް ސްޓޭޓުތައް އަލުން ލޮކްޑައުން ކޮށްފި އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، ފާއިތުވި ތިން ދުވަހު ވެސް، އިންޑިއާގައި ބަލި ޖެހޭ މީހުންގެ އަދަދު ހުރީ 28،000 އަށް ވުރެ މަތީގަ އެވެ.

އެއާއެކު، އިންޑިއާގައި ބަލި ޖެހުނު މީހުންގެ އަދަދު 906،752 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 23،727 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާއަކީ މިހާރު މުޅި ދުނިޔޭގައި ވެސް ތިންވަނަ އަށް ކޮވިޑް-19 ޖެހުނު މީހުން ތިބި ގައުމެވެ.

އެކި ސަރަހައްދުތަކުން އެކި ދުވަސް މަތިން ބަލި ފެތުރޭ މިންވަރު އިތުރުވަމުން ދާތީ ސިއްހީ މާހިރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އެގޮތުން، މިދިއަ މަހު ވެރިރަށް ނިއު ދިއްލީގެ އިތުރުން މަހާރާޝްތުރަ ސްޓޭޓުގައި ބަލި ފެތުރުމަށް ފަހު، މިހާރު ކޮވިޑް-19 އިގެ މިސްރާބު ހުރީ ގައުމުގެ ދެކުނާ ދިމާލަށެވެ.

މިހާތަނަށް ބަލި ފުދޭވަރަކަށް ކޮންޓްރޯލް ކުރެވިފައިއޮތް، ބެންގަލޫރުގައި ވެސް ކޭސްތައް އިތުރުވުމާ ގުޅިގެން، ހަފްތާއަކަށް އެ ސިޓީ ވަނީ އަލުން ލޮކްޑައުންކޮށްފަ އެވެ.

އޭގެ އިތުރުން، ޗެންނާއީ ވެސް އަލުން ލޮކްޑައުނަކަށް ދާން މަޖުބޫރުވެފަ އެވެ.