ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަލި ނެތަސް ކޮންމެ ހާލަތަކަށްވެސް ނިއު ޒީލެންޑް ތައްޔާރު

Jul 15, 2020

ވެލިންގްޓަން (ޖުލައި 15) -- ނިއު ޒީލެންޑުގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 އިގެ ކޭހެއް ނުފެންނަތާ 70 ދުވަސްވެފައިވީ ނަމަވެސް، ބަލި ފެތުރިގެން ހިނގައިދާނެ ކޮންމެ ހާލަތަކަށް ތައްޔާރުވެފައިވާ ކަމަށް ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅު ވެއްޖެ އެވެ.

ނިއު ޒީލެންޑުން ބަލި ނެތް ކަމަށް ކަނޑައެޅި ފަހުން، މިދިއަ ޖޫން މަހު ބޭރުން އައި ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވްވި އެވެ. ނަމަވެސް، އޭގެ ފަހުން އިތުރު ކޭހެއް ފެނިފައެއް ނުވެ އެވެ.

ބަލި ފެތުރެން ފެށުމާއެކު، ބޯޑަރުތައް ބަންދުކޮށް، މުޅި ގައުމު ލޮކްޑައުންކުރި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ނިއު ޒީލެންޑު ހިމެނެ އެވެ. އަދި ބަލި ފެތުރުން ހިފެހެއްޓުމުގެ ބަދަލުގައި، ކްލަސްޓާތައް ދުރާލައި ދެނެގަނެ، ބަލި ފެތުރުން ހުއްޓުވުމަށް އެ ގައުމުން ގެންގުޅު ސިޔާސަތަށް ސިއްހީ މާހަރުން ވަނީ ތައުރީފު ކޮށްފަ އެވެ.

ނަމަވެސް، އަވަށްޓެރި އޮސްޓްރޭލިއާގައި ބަލި ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާން ފަށާފައިވާކަން ފާހަގަކުރައްވަމުން އާޑަން ވިދާޅުވީ ނިއު ޒީލެންޑުން ވެސް ކޮންމެ ހާލަތަކަށް ވެސް ތައްޔާރު ވެފައި އޮންނަންޖެހޭ ކަމަށެވެ.

އެގޮތުން، ބަލި ފެންނަ ސަރަހައްދުތައް ލޮކްޑައުންކޮށް، ކޮންޓެކްޓް ޓްރޭސިންގް އަވަސްކޮށް، ބަލި ޖެހިފައިވާ މީހަކާ ބައްދަލުވާ އެންމެން އެކަހެރިކުރުމަކީ މިހާރު ނިއު ޒީލެންޑުން ވިސްނާފައިވާ އާ އުސޫލުތައްކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ބޭރު ގައުމުތަކަކު ތަޖުރިބާއަށްވެސް ބަލާއިރު، މި ބަލި ހުއްޓުވުމުގެ އެންމެ ވަރުގަދަ ފިޔަވަޅަކީ އަވަހަށް، ވަރުގަދަކޮށް ފިޔަވަޅުތައް އެޅުން. އެނޫންގޮތަކަށް ކަންކަން ކުރާނަމަ، މާ ގިނަ ދުވަހަށް ލޮކްޑައުންގައި ތިބެންޖެހި، އިގުތިސޯދަށާއި ރައްޔިތުންގެ އާއްމު ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރަމުންދާ މަންޒަރު މި ފެންނަނީ،" އާޑަން އިތުރަށް ވިދާޅުވި އެވެ.

ނިއު ޒީލެންޑު ބަލި ޖެހުނު މީހުންގެ އަދަދު 1،506 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 22 މީހުން ވަނީ މަރުވެފަ އެވެ.