ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރާއްޖޭން ޕާޓާގެ ވާޗުއަލް ފެއާއެއްގައި ބައިވެރިވެއްޖެ

Jul 17, 2020
1

ރާއްޖޭން ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ ވާޗުއަލް ފެއާގައި ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އެ ކުންފުނިން ބައިވެރިވި، ޕާޓާގެ "ޑްރީމް ޓު ޓްރެވެލް ފެސްޓިވަލް" ފެސްޓިވަލްއަކީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި އެއް ޕްލެޓްފޯމަކުން ބައްދަލުކޮށް، އޭޝިއާގެ ގައުމުތަކުގެ ޓޫރިޒަމް ދައްކުވައިދިނުމަށް ކުރިއަށްގެންދެވުނު ހާއްސަ ހަރަކާތެއް ކަމަށެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި ފެއާގައި ބައިވެރިވެ، މި މަހުގެ 16 ވަނަ ދުވަހު އެއް ގަޑިއިރުގެ ލައިވް އިވެންޓެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި އިވެންޓު ކޮކޯ ބޮޑުހިތީގެ ފަރާ ތުން ދައްކާލި "އޯވަ ވޯޓާ"' ޔޯގާގެ ހަރަކާތެއް ދައްކާލާފައިވެ އެވެ. މީގެ އިތުރުން ރާއްޖެ އަށް ހާއްސަ ކެއުމެއް ކަމަށްވާ "ބަނބުކެޔޮ ބޮގަރައް" ތައްޔާރު ކުރާ ގޮތް ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޝެފް އިޝްހާގް ދައްކާލި އެވެ.

ކޮވިޑް-19 ގެ ބިރުވެރިކަށް ދުނިޔޭގައި ފެތުރެން ފެށުމާއެކު ޓޫރިޒަމް ގިނަ އިވެންޓުތައް އޮންލައިންކޮށް ބާއްވަން ފެށި އެވެ. ނަމަވެސް މި ބަލީގައި ރާއްޖެ ބަންދު ކުރިފަހުން ފެއާއެއްގައި ބައިވެރިވި ކަމަށް ބުނި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ ފޭސްބުކް ލައިވް އިވެންޓެއް އެމްއެމްޕީއާރުސީން ބޭއްވި އެވެ.