ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

"ޓްރެވަލް ވީކްލީ" އާއެކު ރާއްޖެ އިސްތިހާރު ކުރަނީ

Jul 23, 2020

ރާއްޖެ އިސްތިހާރު ކުރަން އިނގިރޭސިވިލާތުގެ "ޓްރެވަލް ވީކްލީ" މަޖައްލާއާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކެމްޕޭނެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ހުޅުވުމާއެކު، އިނގިރޭސިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަަށް ޓްރެވަލް ވީކްލީއާއެކު ފެށި ކެމްޕޭން އޯގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. އަދި އިނގިރޭސިވިލާތުގައި ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކަށް ރާއްޖޭގެ މައުލޫމާތު ދޭނެ އެވެ.

އެމްއެމްޕީއާރުސީ އިން ބުނި ގޮތުގައި މި ކެމްޕޭންގައި ކޮވިޑް-19 އަށްފަހު އިނގިރޭސިން ޗުއްޓީ ހޭދަކުރަން އެންމެ ރަނގަޅު މަންޒިލަކީ ރާއްޖެކަން އަންގައިދޭނެ އެވެ. އަދި ރާއްޖެ އުފެދިފައިވާ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓާއި ވަކިވަކި ޖަޒީރާ ރަށްތަކުގެ މަންޒިލްގެ ސިފަތައް ކިޔައިދޭނެ އެވެ.

ހަފުތާއަކު އެއް ފަހަރު ނެރޭ އެ މަޖައްލާއަކީ އެހާ މަޝްހޫރު މަޖައްލާއެއް ނޫނެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިދިޔަ އަހަރު އިނގިރޭސިވިލާތުން ރާއްޖެއަށް 128،199 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި މި އަހަރު ލޮކްޑައުންނާ ހަމައަށް ރާއްޖެ އަށް 7،288 މީހުން އައިސްފައިވެ އެވެ. އަދި ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވުމާއެކު ފުރަތަމަ ތިން ދުވަހު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އެ ގައުމުންނެވެ.