ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރެސިޑެންސް މޯލްޑިވްސް އަލުން ހުޅުވަން ހާއްސަ އޮފާއެއް

Jul 19, 2020

ރެސިޑެންސް މޯލްޑިވްސް އެޓް ފަޅުމާފުށި އަދި ދިގުރަށް ރިސޯޓް އަލުން ހުޅުވަން ހާއްސަ އޮފާއެއް އިއުލާނު ކޮށްފި އެވެ.

ކޮވިޑް-19 އަށްފަހު ގއ. ގައި ހިންގާ ރެސިޑެންސް މޯލްޑިވްސް އަލުން ހުޅުވާލާއިރު، އެ ރިސޯޓުން ދޭ ހުރިހާ ހިދުމަތްތަކުގެ އަގުތައް ވަނީ ހެޔޮ ކޮށްފަ އެވެ. އެ ރިސޯޓުން ތައާރަފު ކޮށްފައިވާ އީ ގިފްޓް ވައުޗާގައި ޓޫރިސްޓުން އާއްމުކޮށް ހޭދަކުރާ މިންވަރަށް ބަލައި އަގުތައް ވަނީ ހެޔޮކޮށްފަ އެވެ.

އެ ރިސޯޓުން ބުނެފައިވާ ގޮތުގައި މި ޕެކޭޖުތަކުގެ އިތުރުން ޔޯގާ ރިޓްރީޓް ޕެކޭޖުތަކެއް ވެސް ހިމެނޭނެ ކަމަށެވެ. އަދި ޑޮމެސްޓިކް ފްލައިޓް ހިމެނޭ ގޮތަށް ހާއްސަ ޑިސްކައުޓް ލިބޭ ޕެކޭޖެއް ވެސް އިއުލާނު ކޮށްފައިވެ އެވެ.

ރެސިޑެންސް މޯލްޑިވްސް، ފަޅުމާފުށި އަދި ދިގުރަށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ސިންގަޕޫރުގެ ބޮނަވިސްޓާ ކުންފުނިން ތަރައްގީ ކޮށްފައިވާ ބޮޑު މި ރިސޯޓުގެ އަމަލީ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އިންނެވެ.

އެޗްއާރުސީއަކީ ބޮނަވިސްޓާ ކުންފުނިން ރާއްޖޭގައި ހިިންގާ ވިޔަފާރީގެ މަސައްކަތްތަކުގެ އެއް ޕާޓްނަރެވެ.

ދިގުރަށް ރިސޯޓުގައި 173 ކޮޓަރި ހުރެ އެވެ. މިއީ ދިވެހި އެއް ކޮންޓްރެކްޓަރަކު މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު އެވެ.

ގާތްގަނޑަކަށް 1.5 ކިލޯ މީޓަރުގެ ދިގު ބްރިޖަކުން ގުޅާލާގައިވާ ރެސިޑެންސް މޯލްޑިވްސް ދިގުރަށް މެނޭޖުކޮށް ބަލަހައްޓަނީ މަޝްހޫރު ހޮޓެލް ބްރޭންޑް ސެނިޒާރޯ އިންނެވެ. ގއ. އަތޮޅުގައި އޮތް އެންމެ ބޮޑު އެއް ފަޅުރަށް ކަމަށްވާ ދިގުރަށުގައި ހެދި ރެސިޑެންސް ބްރޭންޑުގެ މި ރިސޯޓަކީ ސެނިޒާރޯ ކުންފުނިން ރާއްޖޭގައި ހިންގާ ދެވަނަ ރިސޯޓެވެ.