ހަބަރު

ރެސިޑެންސީ ހުށަހެޅުމުގެ ހަގީގަތް ހޯދަން ވެއްދި މައްސަލަ ބޭރުކޮށްލައިފި

ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
0%
0%
0%

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރާ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ސަބަބު ހޯދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި އެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އެ މައްސަލައަށް ބަހުސް ކުރަން ފާހެއް ނުވި އެވެ.

މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނަނީ އިމިގްރޭޝަންގެ ގާނޫނަށް އެ އިސްލާހު ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ހަގީގަތް ހޯދަން ޖެހޭނެ ކަމަށެވެ.

އޭގެ އެއް ސަބަބަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރޭގައި ހިމެނޭ ބާރުގަދަ ގައުމެއްގެ 25،000 އެއްހާ މީހުނަށް ދާއިމީކޮށް ރާއްޖޭގައި ތިބެވޭ ގޮތް ހެދުމަށް ފަހު، ރަށްވެހިކަން ދިނުން ކަމަށް މައުލޫމާތު ލިބޭ ކަމަށް އެ ކުއްލި މައްސަލަ ތަޅުމަށް ތައާރަފު ކޮށްދެއްވަމުން މޮސްޓާ ވިދާޅުވި އެވެ.

އޭގެ ފަހުން ރާއްޖޭގައި އެ މީހުންގެ ދީނުގެ އަޅުކަންތައް ކުރެވޭނެ ފައްޅިތައް ފަދަ ތަންތަން އަޅާނެ ކަމަށް ވެސް މައުލޫމާތު ލިބޭ ކަމަށް މޮސްޓާ ވިދާޅުވި އެވެ. އެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައި ވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި ކަމަށް ވެސް މައުލޫމާތު ލިބޭ ކަމަށް މޮސްޓާ ވިދާޅުވި އެވެ.

މި ފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލާއި ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމަކަށް ވާތީ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށާއި ހުރިހާ ދިވެހި ރައްޔިތުންގެ ސަމާލު ކަމަށާއި މުޅި ގައުމުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅުއްވި ކުއްލި މައްސަލައެއް ކަމަށް މޮސްޓާ ވިދާޅުވި އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސަރުކާރުން ފޮނުވާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލް ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވުމުން، އަނބުރާ ކޮމިޓީއަށް އެ ބިލް ފޮނުވި އެވެ. ކޮމިޓީއަށް ބިލް ފޮނުވައި، ނަޝީދު އެދިވަޑައިގަތީ އެމަނިކުފާނު ހުށަހެޅުއްވި އިސްލާހު ދިރާސާކޮށް ކޮމިޓީން ގޮތެއް ނިންމުމަށެވެ.

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ބިލް ދިރާސާ ކުރަމުން ދަނިކޮށް އަދި ބިލް ދިރާސާކޮށް ނިންމުމަށް ފަހު ތަޅުމަށް ފޮނުވުމުން އެމަނިކުފާނަށް އިސްލާހެއް ހުށަނޭޅޭނެ ކަމަށާއި އެ ގޮތަށް އަމަލު ކޮށްފައި ވެސް ނުވާނެ ކަމަށެވެ. އެމަނިކުފާނު ކޮމިޓީއަށް ފޮނުއްވީ މަޖިލީހަށް ލިބުނު ހިޔާލުތަކުގެ ނޯޓުތައް ކަމަށެވެ.

އެ ހުށަހެޅުމަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ރައީސް ނަޝީދު ވަނީ އެ ކަމާ ގުޅޭ ގޮތުން މަޒުމޫނެއް ލިއުއްވައި އާންމުކުރައްވައިފަ އެވެ. އެ މަޒުމޫނުގައި އެމަނިކުފާނު ލިއުއްވާފައިވާ ގޮތުގައި، ރާއްޖޭގައި ލިއެކިއުން ނެތި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުވާނީ ރާއްޖޭން އެ މީހުނަށް ގޮތްތަކެއް ހޯދައިދީ ހުއްދަތަކެއް ދޫކޮށްގެންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

4 ފާޓު ރިޔާ

ތީހަމަ އިއުލާނު ނުކޮށް ރައްޔައް ކުންޏަށް ދެވޭ ގޮތަށް ޔާމީނު ފާސްކުރި ކުރުމާ އެއްވެސް ތަފާތެއް ނެތް އަމިއްލަ ފައިކޭޓަށް އެއްޗެތި އެޅުން

ޤާދިރު

މި އަންނިއަކީ ފެންނަން ހުންނަ ކަންތައްތަކުގައި ވެސް ބިރެއްނެތި ފާޅުގައި ބޮޑެތި ދޮގުތަކާއި އޮޅުވާލުން އޮޅުވާލާ މި ޤައުމަށް ހުރި ބޮޑު ނުރައްކަލެއް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345