ވ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީންތަކެއް މަސައްކަތް ހުއްޓާލައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 22 މީހަކު ހައްޔަރު ކޮށްފި އެވެ.
އެ ރަށުގައި ހިނގި ހަމަނުޖެހުންތަކުގައި ބަޔަކަށް އަނިޔާ ނުވި ނަމަވެސް ތަންތަނަށް ގެއްލުންދީ ނުކިޔަމަންތެރިކަން ދައްކާ ހަމަނުޖެހުން ހިންގާފައި ވެއެވެ.
ފުލުހުން މިއަދު ބުނީ ރޭގެ އެ ހަމަނުޖެހުންތަކާއި ގުޅިގެން 22 ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހުންގެ ބަންދަށް ފުލިދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.
ރޭގެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން އެ ރަށައް ގޮސްފައިވާއިރު މައްސަލަ ހައްލު ކުރަން، އެ ބިދޭސީންތައް ގެނައި ކުންފުނިން ވެސް ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ.
އެ މީހުން މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް މަސައްކަތް ހުއްޓާލާ ހަމަނުޖެހުން ހިންގާފައިވާއިރު މިމަހުގެ ކުރީކޮޅު ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހަަމަނުޖެހުން ހިންގާ 12 ދިވެހިން ރަހީނު ކޮށްފަ އެވެ. އަދި އެ ރަށަށް އަރަން ދިޔަ ފުލުހުންނާ ކުރިމަތިލާ ގެއްލުންތައްދީފައި ވެއެވެ.
ފަހުން ފުލުހުން އެ ރަށައް އަރަން ޖެހުނީ ފުލުހުންގެ ފުރިހަމަ ބާރާއެކު މާލެެއިން ގިނަ އަދަދެއްގެ ފުލުހުން ގޮހެވެ. އެ ރަށުން ވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރު ކޮށްފައި ވެއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ސިފައިންނާ ފުލުހުންނަށް ހަދަމުންދާ ފްލެޓްތަކުގެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ނިސްބަތްވާ ބިދޭސީންތަކެއްވެ ސް ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައެވެ. އެ ހަމަނުޖެހުންތަކުގައި ބައިވެރިވި ވަރަށް ގިނަ ބިދޭސީން ވެސް
މިހާރު ތިބީ ހައްޔަރުު ގައެވެ.