ހަބަރު

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Jul 22, 2020

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ މިއަދު ރައީސް އޮފީހުން އިތުރުކޮށްފި އެވެ.

އެ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ އޯގަސްޓު 5 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އިނާސް އާއި މެމްބަރު ނައިވީން އަބްދުﷲ އާއި މޫސާ އަލީ ކަލޭފާނާއި އައިޝަތު އަފްރީން މުހައްމަދު އެވެ. މި ހުރިހާ މެމްބަރުންވެސް ކޮމިޝަނަށް އައްޔަންކުރައްވާފައިވަނީ 2015 ވަނަ އަހަރު އެވެ.

ނަމަވެސް، އީނާސް އާއި މެންބަރުންގެ ގޮތުގައި ތިއްބެވި މޫސާ އަލީ ކަލޭގެފާނާއި އައިޝަތު އަފްރީން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އަދި ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޒާހިދު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މިހާރު ކޮމިޝަންގައި އިންނަވާނީ މެންބަރު ނައިވީން އަބްދުﷲ އެކަންޏެވެ.