ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގައުމަށްދާން ބޭނުންވާ ބިދޭސީން އިކޮނޮމިކް މިނިސްޓްރީން ހޯދަނީ

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީން ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މަގުތަކަށް ނިކުމެއްޖެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެންމެ ނުރައްކާތެރި ހާލަތަށް ގޮސްފައިވަނީ ބިދޭސީންނެވެ. އަދި ދިރިއުޅެން އެކަށީގެން ނުވާ ފަދަ ރައްކާތެރިނޫން ތަންތަނުގައި ތިބި ބިދޭސީން ހޯދައި އެމީހުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން މިއަހަރު އަނބުރާ ގައުމަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީން ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މަގުމައްޗަށް ނިކުމެފައިވާއިރު މިއީ އެ މިނިސްޓްރީން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށް ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަސައްކަތުގެ ތެރެއިން މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ބިދޭސީންނެއް އަނބުރާ ގައުމަށް ދާން ބޭނުންވެގެން އެދިފައިވާ ކަމަށެވެ. އެހެން ކަމުން ވީހާވެސް ގިނަ ބަޔަކު ފޮނުވަލުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.