ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވިހަން ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

Jul 25, 2020

ވިހަން ހުޅުމާލެ ހޮސްޕިޓަލަށް ދިޔަ މީހަކު ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތުން ބުނީ މާބަނޑު މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނީ ވިހަން ހުޅުމާލޭ ހޮސްޕިޓަލަށް ގޮސް އެޑްމިޓްވުމުގެ ކުރިން ހެދި ޓެސްޓަށްފަހު ކަމަށެވެ.

ރާއްޖެއިން 70،845 ސާމްޕަލް ޓެސްޓުކޮށްފައި ވާއިރު، 3،175 މީހަކު ޕޮޒިޓިވްވެފައިވެ، 2،498 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވްކޮށް ތިބީ 647 މީހެކެވެ.