ޕޮލިޓިކްސް

ސިޔާސީ ބޭފުޅުންނަށް ރައީސް ދެއްވި އިލްތިމާސަށް ނަޝީދުގެ މަރުހަބާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަސް ފައިލް
0%
0%
0%

ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާ އެކުގައި މަސައްކަތް ކުރުމަށް ސިޔާސީ ވާދަވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވި އިލްތިމާސަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހްގެ އެ އިލްތިމާސަށް މަރުހަބާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ދައުލަތުގެ އިހުލާސްތެރި ވާދަވެރިޔާއާއި އެނާގެ ކެބިނެޓުގެ ފާޑުކިއުން މުހިއްމު ވާނެ ކަމަށެވެ. އަދި ވިދާޅުވީ މިނިވަން ކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން ކަމަށެވެ.

"ރާއްޖޭގެ ވެރިކަމުގެ އިންތިޒާމުގައި ވާދަވެރި ސިޔާސީ ޕާޓީތައް މިހާރަށް ވުރެ ބޮޑަށް ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި އިލްތިމާސަށް މަރުހަބާ،" ކުރީގެ ރައީސް ނަޝީދުގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

ސަރުކާރާއެކު މަސައްކަތް ކުރުމަށް ސިޔާސީ ބޭފުޅުންނަށް ރައީސް ސޯލިހް ހާއްސަ އިލްތިމާސެއް ކުރެއްވީ، މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހިތާބްގަ އެވެ.

ރައީސް ސޯލިހް މިއަދު ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެ ކަމުގެ ސަބަބުން ގެއްލުން ލިބެމުން ދަނީ ހުރިހާ ރައްޔިތުންނާއި މުޅި ގައުމަށް ކަމަށެވެ. އެހެންކަމުން ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާ އެކު މަސައްކަތް ކުރަން ރައީސް ސޯލިހް ގޮވާލެއްވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345