ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފުރަތަމަ ކޭހަށް ޝައްކު ކުރެވިގެން އުތުރު ކޮރެއާ އެލާޓަށް

Jul 27, 2020

ޕިޔޮންޔޭންގް (ޖުލައި 27) - ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފުރަތަމަ ކޭސް ފެނިގެން، މުޅި އުތުރު ކޮރެއާ ހައި އެލާޓަށް ގެނެސްފި އެވެ.

އެ ގައުމުގެ ކަމާބެހޭ އިދާރާއިން ބުނި ގޮތުގައި، މީގެ ތިން އަހަރު ކުރިން ދެކުނު ކޮރެއާއަށް ހިޖުރަކޮށް، މިދިއަ ހަފުތާގައި ބޯޑަރު ހުރަސްކޮށް އެނބުރި އައި މީހެއްގެ ގައިން އެ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

އުތުރު ކޮރެއާގައި މީގެ ކުރިން ކޮވިޑް-19 އިގެ އެއްވެސް ކޭހެއް ފެނިފައި ނުވާކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް، ސަރުކާރުން މީޑިއާ އެކީގައި ކޮންޓްރޯލް ކޮށްފައިވާ ގައުމެއްގައި، އެކަމާ މެދު ސިއްހީ މާހިރުން ގެންދަވަނީ ތަކުރާރުކޮށް ސުވާލު އުފައްދަމުންނެވެ.

ބަލި ފެތުރިގެން ހިނގައިދާނެކަމުގެ ބިރަށް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން ވަނީ ކަމާ ގުޅޭ ހުރިހާ އިދާރާތަކެއް އެލާޓަށް ގެންނަވައިފަ އެވެ. އަދި ބައްޔަށް ޝައްކުކުރެވޭ މީހާއަށް ބޯޑަރު ހުރަސް ކުރެވުނު ގޮތް ހޯދަން ވެސް ކިމް ވަނީ އަންގަވައިފަ އެވެ.