ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކިމް ޖޮން އުން އަށް ޗައިނާ އިން ކޮވިޑް ވެކްސިން ދީފި

ކިމް ޖޮން އުން އާއި އާއިލާ އަދި ސަރުކާގެ އިސް އޮފިޝަލުންނަށް ކޮވިޑް-19 ވެކްސިން ދީފި ކަމަށް ވޮޝިންޓަންގައި ހަރަކާތްތެރިވާ ތިންކް ޓޭންކަކުން ބުނެފި އެވެ. އެހެން ނަމަވެސް، ވެކްސިން ސަޕްލައިކޮށް ދިނީ ޗައިނާގެ ކޮން ކުންފުންޏަކުން ކަން ސާފުވާ ގޮތް އަދި ވަނީ ނުވެފަ އެވެ.

ޗައިނާ އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އަދި އުޅެނީ ޓެސްޓް މަރުހަލާތަކުގަ އެވެ. އެހެން ނަަމަވެސް، ކިމް ޖޮން އުން ފަދަ ސަހުސިއްޔަތަކަށް، ޓެސްޓް މަރުހަލާތައް ފުރިހަމަ ނުވާ އަދި ރައްކާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ދޭނެ ކަމަކަށް ނުބެލެވެ އެވެ.

ޗައިނާގައި ކޮވިޑް-19 އަށް ވެކްސިން އުފައްދާ ކަމަށް ނަން ހިނގާފައި ވަނީ ތިން ކުންފުންޏެކެވެ. އެއީ ސިނޯވެކް ބަޔޯޓެކް، ކޭންސިނޯބަޔޯ، އަދި ސިނޯފާމް ގްރޫޕް އިންނެވެ.

ސިނޯފާމް އިން ބުނަނީ ސިނޯފާމްގެ ވެކްސިން މިލިއަނެއްހާ މީހުންނަށް ދެވިއްޖެ ކަމަށެވެ. ކްލިނިކަލް މަރުހަލާތައް އަދި މުޅިން ނުނިމުނު ނަމަވެސް، ޗައިނާގައި އިމަޖެންސީ އަމުރެއްގެ ދަށުން ދަނީ ވެކްސިން ދެމުންނެވެ.

ކިމް ޖޮން އުންއަށް ވެކްސިން ދެއްވި ވާހަކަ ފަލަ ސުރުހީ އަށް އަރާފައި ވާއިރު، ކިމްގެ ސިއްހަތު ވެފައި ވަނީ މި އަހަރު އެންމެ ގިނައިން ސައްލާކުރެވޭ މައުލޫއަށެވެ. އަނެއް ކޮޅުން ކިމްއަށް ލިބިވަޑައިގެންފައިވާ ބާރުތަކުގެ ތެރޭގައި، ކުއްލިއަކަށް ގެއްލިވަޑައިގެން، ދުވަސްތަކެއް ވަންދެން އަޑެއްބަޑެއް ނުއިވި އަލުން ފާޅުވުން ހިމެނެ އެވެ.

ކިމް އަވަހާރަވެއްޖެ ކަމަށް ބުނާ ހަބަރުތައް އަޑުއަހަން އާސޯހުވެފައި ތިއްބައި، ހަށިފޮޅާލައްވާ ތަން ފެނިފައި ވަނީ ވެސް މަދަކުން ނޫނެވެ.