ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އީދު ނަމާދު ބޮޑު ޖަމާއަތް ނޯންނާނެ

މާލެ ސިޓީގައި ބޮޑު ޖަމާއަތުގައި، އަޟްހާ އީދު ނަމާދު ކުރުން ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި މިއަހަރުގެ އަޟްހާ އީދު ނަމާދު ނުކުރާނެ ކަމަށާއި ހުކުރު ކުރާ މިސްކިތްތަކުގައި އީދު ނަމާދު ކުރުން ކުރިއަށް ދާނެ ކަމަށެވެ.

މިއަހަރުގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރަން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރަށްރަށުގައި އީދު ނަމާދު ކުރާނީ އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށެވެ.

އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރަން ނިންމާފައިވާއިރު މިއަރުގެ ފިތުރު އީދު ދުވަސްވެސް ދިމާވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިސްކިތަތްކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވަނިކޮށެވެ. ނަމަވެސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ވަނީ ހުއްދަ ދީފަ އެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މިމަހުގެ 31 ވަނަ ދުވަހެވެ.