އައްޑޫ ސިޓީގައި އީދު ބޮޑު ޖަމާއަތުގައި މާދަމާ އީދު ނަމާދު ނުކުރަން ނިންމައިފި އެެވެ.
ސިޓި ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ބޮޑު އީދު ނަމާދު އެ ސިޓީގެ އެއްވެސް ރަށެއްގައި ބޮޑު ޖަމާއަތުގައި ނުކުރަން ނިންމާފައިވާ ކަމަށާއި އެއީ ކޮވިޑް-19 އާއި ގުޅިގެން ރަައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރި ނަމަވެސް އައްޑޫ ސިޓީގެ ހުރިހާ މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެ ކަމަށެވެ. އަދި ނަމާދަށް ދާއިރު ހުރިހާ ފަރާތްތަކުން ވެސް މާސްކު އަޅައި ގެއިން ވުލޫ ކޮށްގެން ދިޔުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ. އަދި އަމިއްލަ މުސައްލަ ގެންދަން ވެސް ހަނދާން ކޮށްދީފައި ވެއެވެ.
މާލޭ ގައިވެސް އީދު ނަމާދު ބޮޑު ޖަމާއަތެއް ނުބާއްވަ އެވެ.