ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫގައި ނަމާދުގެ ޖަމާއަތް ނުހަދާ މުއްދަތު އިތުރު ކޮށްފި

އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގަައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް މުއްދަތު އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މުއްދަތު އިތުރުކޮށްފަައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ހާލަތުގައި ހަމައެކަނި ބަންގި ގޮވުމަށާއި ޖަމާއަތް ނުހެދި ނަމަވެސް ނަމާދުތަކަށް ފަރުވާތެރިވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގަައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް މުއްދަތު އިތުރުކޮށްފައިވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އައްޑޫ ސިޓީގައި އަޅާފަައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ވަނީ ދަންމާލާފަ އެވެ.

އައްޑޫ ސިޓީގައި ދެ ކްލަސްޓާއެއް ވަނީ އުފެދިފައެވެ. މިހާތަނަށް އެ ސިޓީން ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން އެ ސިޓީގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.