ހަބަރު

ސަފާރީތައް އަލުން އޮޕަރޭޓްކުރުމަށް ހުއްދަ ނަގަން އެދެފި

ސަފާރީތަކުން އަލުން ހިދުމަތްދިނުމަށް ފަށައިގަތުމުގެ ކުރިން ޓުއަރިޒަމް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނެގުމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފި އެވެ.

އެ އެސޯސިއޭޝަނުން ބުނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާ ފަތުރުވެރިން ރާއްޖެ އަންނައިރު އެމީހުން ގެނެސް އަރުވާ ސަފާރީތަކުން ޓުއަރިޒަމް މިނިސްޓްރީން ދޫކުރާ ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން އަލުން ހިދުމަތްތަށް ދިނުމުގެ ކުރިން މި ހުއްދަތައް ނެގުމަށް އިލްތިމާސްކުރާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ޓުއަރިޒަމް މިނިސްޓްރީން ހުއްދަ ނަގާއިރު ބޭނުންވާނީ މީރާ އާއި ހެލްތު އެންޑް ސޭފްޓީ ޕްލޭން އާއި ޑިކްލެރޭޝަން ފޯމް އާއި އޮޕަރޭޓިން ލައިސެންސް އެވެ. އަދި މިހުއްދަ ލިބުމުގެ ކުރިން ބޯޓުތަކުގެ އޯނަރުން އެއްވެސް ފަތުރުވެރިއަކު ގެނެސް ހިދުމަތްދީގެން ނުވާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.