ފުވައްމުލައް

ފުވައްމުކަލު ހޮސްޕިޓަލުން އަމްރިތާ ހޮސްޕިޓަލާއެކު އޮންލައިން ކޮންސަލްޓޭޝަން ފަށައިފި

Jul 29, 2020

ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން، ފުވައްމުލަކު ހޮސްޕިޓަލުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ކެންސަރަށް ފަރުވާދޭ ޑިޕާޓްމަންޓްގެ ޑޮކްޓަރަކާ ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ފުވައްމުލަކު ސިޓީގެ މީހުނަށް ތަނަވަސް ކޮށްދީފި އެވެ.

މިއީ ފުވައްމުލަކު ހޮސްޕިޓަލުގެ ތާރީހުގައި އެހެން ހޮސްޕިޓަލެއްގެ ހާއްސަ ޑޮކްޓަރަކާއެކު އޮންލައިން ކޮންސަލްޓޭޝަން ހެދި ފުރަތަމަ ފަހަރެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މި ހިދުމަތް ފެށުން ފެށުން އެއީ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ލިބުނު ކާމިޔާބެކެވެ، އަދި މި ޚިދުމަތުގެ ސަބަބުން ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދާ މީހުނަށް ދޭތެރެދޭތެރެއިން ދަތުރު ކުރުމުގެ ބަދަލުގައި ފުވައްމުލަކުގައި ހުރެ ޑޮކްޓަރާ ބައްދަލުވެވޭ ގޮތްވެ، އެފަދަ ކަންކަމުގައި ކުރިން ކުރަންޖެހޭ ޚަރަދު ކުޑަވެ ލުއިވެގެން ދާނެ އެވެ.

ރާއްޖެއާއި ބޭރުގެ ބޮޑެތި އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއެކު ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ހޯދައި ދިނުމަށް ހޮސްޕިޓަލުން މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.