ބޭރު ކުޅިވަރު

ކުޓީނިއޯގެ ބަދަލުގައި ބްރެޒިލް ސްކޮޑަށް ކަކާ

Oct 6, 2015

ލިވަޕޫލްގެ ފޯވަޑް ފިލިޕް ކުޓީނިއޯ އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ބްރެޒިލްގެ ގައުމީ ސްކޮޑަށް ކަކާ ނަގައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޗިލީ އާއި ވެނެޒުއޭލާއާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން އޭނާ ބާކީ ކުރަން ޖެހުނީ އިނގިރޭސި ޕްރެމިއާ ލީގުގައި އެވަޓަން އާއި ލިވަޕޫލް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ. ކުޓީނިއޯ އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެ ދުވަހެއް ބުނަން އެނގޭނީ ޓެސްޓުތަކަށް ފަހު ކަމަށް ވެސް ބްރެޒިލް ޓީމުން ބުނެ އެވެ.

އަނިޔާގެ ސަބަބުން މި ސީޒަނުގައި ކުޓީނިއޯ އަށް ވަނީ ހުސްވި ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުން ދެއްކޭ ގޮތްނުވެފަ އެވެ. އެމެރިކާ އާއި ކޮސްޓަރިކާއާ ދެކޮޅަށް ކުޅެން ނެގި ބްރެޒިލް ޓީމުން ކޯޗު ކާލޮސް ޑުންގާ ކުޓީނިއޯ އަށް ޖާގަ ދިން ނަމަވެސް އެ ފަހަރު ވެސް އޭނާ އަށް ކުޅެވުނީ އެންމެ 27 މިނިޓްގަ އެވެ. އެއީވެސް އަނިޔާގެ ސަބަބުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކަށް ވުރެ ކުރިން ބުރާސްފަތި ދުވަހު ބްރެޒިލް އިން ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީއާ ދެކޮޅަށް ވެސް ކުޅޭނެ އެވެ.