ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަރުވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މަރުވެފައި އޮއްވާ ފެނުނު ބިދޭސީއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ރޭގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެނައި ބިދޭސީއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ދިރިއުޅެމުންދިޔަ ކޮޓަރި ތެރޭގައި ވެއްޓިފައި އޮއްވައެވެ. އެމީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް ވަނީ މަރުވެފައެވެ.

އެއީ އުމުރުން 29 އަހަރުގެ މީހެކެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެމީހާގެ ޓެސްޓް ހެދުމުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މަރުވި ފަހުން ކަމަށްވާތީ އެއީ ކޮވިޑް މަރެެއްގެ ގޮތުގައި ނުބަލާނެއެވެ. ނަމަވެސް އެމީހާ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދާނީ ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދާ އުސޫލުންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި 16 މީހަކު ވަނީ މަރުވެފައެވެ. އެންމެ ފަހުން މީހަކު މަރުވީ އިއްޔެއެވެ. އިއްޔެ މަރުވީ އުމުުރުން 71 އަހަރުގެ އަންހެނެކެވެ.