ވިޔަފާރި

އުރީދޫ އެމްފައިސާ އިން 3000ރ ލިބޭ އޮފާއެއް

Aug 1, 2020

އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާ އިން އީދުތެރޭގައި ފައިސާ ޓްރާންސްފާ ކުރުމުން 3000ރ. ލިބޭ އޮފާއެއް ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި އޮފާގައި އެމްފައިސާ "ސެންޑް މަނީ" ފީޗާ ބޭނުން ކޮށްގެން މި މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ފަސް އެމްފައިސާ ވޮލެޓަށް 50ރ. އަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރުމުން އިނާމެއް ލިބޭނެ ކަމަށެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް 3000ރ. ލިބެ އެވެ.

އުރީދޫ ޑިޖިޓަލް މަނީ ހިދުމަތުގައި ހިމެނޭމ އެމްފައިސާ "ސެންޑް މަނީ" ފީޗާއަކީ އެއް ވޮލެޓުން އަނެއް ވޮލެޓައް އިތުރު ޗާޖަކާނުލާ ފައިސާ ޓްރާންސްފާ ކޮށްލެވޭ ހިދުމަތެކެވެ. މި ހިދުމަތް ބޭނުން ކޮށްގެން އީދު ތަހުނިޔާ އާއިއެކު ދުރުގައި ތިބި އާއިލާގެ މެމްބަރުންނަށް އަދި ރައްޓެހިންނަށް އީދު ހަދިޔާއެއް ވެސް ފޮނުވާލެވޭނެ އެވެ.

އެމްފައިސާ ވޮލެޓް މެދުވެރިކޮށް ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކެ އެވެ. އުރީދޫ ބިލްތަކާއި ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުމާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކެ އެވެ.