އެމްޓީސީސީ

އެމްޓީސީސީއަށް 18 މިލިއަން ރުފިޔާގެ ފައިދާއެއް

Aug 1, 2020
1

ކޮވިޑް-19 އާއެކު ކުރަމުންދާ އަސަރުތަކުގެ ސަބަބުން، އެމްޓީސީސީއަށް މި އަހަރުގެ ދެވަނަ ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 18 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ މި އަހަރުގެ ނިމިދިޔަ ކުްއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި އެ ކްއާޓަރުގައި އެ ކުންފުނިން 248 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެ އެވެ. އަދި މި ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި މި ކްއާޓަރުގައި ލިބިފައިވަނީ 18 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 62 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެ އެވެ.

އެ ކުންފުނީގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ ކްއާޓަރުގައި ލިބުނީ 24 މިލިއަން ރުފިޔާ އެވެ. އަދި ހިއްސާއަކަށް ޖެހިފައި ވަނީ 1.87ރ. އެވެ.

އެމްޓީސީސީން މި ކްއާޓަރު އައިއިރު 75 މަަޝްރޫއެއް ހިންގަމުން ދިޔަ އެވެ. އަށް މަޝްރޫއެއް ފަށާފައިވާއިރު، 14 މަަޝްރޫއެއް ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގާ އެމްޓީސީސީގެ ފައިދާ އާއި އާމްދަނީ ދަށްވިއިރު، މި އަހަރުގެ ފުރަތަމަ ތިން މަހު އެމްޓީސީސީއަށް ބޮޑު ފައިދާއެއް ލިބިފައިވެ އެވެ.