ލޮކްޑައުން ޕްރޮޓޮކޯލް

އުތުރުގެ ފަސް ރަށެއް މޮނިޓަރިންއަށް

Aug 3, 2020

އުތުރުގެ ފަސް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސް އެ ރަށްރަށައް ވަގުތީ ގޮތުން އަރާ ފޭބުން މަނާ ކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އުތުރުގެ ފަސް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސް އެ ރަށްރަށައް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ މޮނިޓަރިންގައި މިވަގުތު އޮތް ފަސް ރަށަކީ ހދ. މަކުނުދޫ، ހދ. ފިނޭ، ހދ. ނޮޅިވަރަމް، ހއ. މާރަންދޫ
އަދި ހއ. އިހަވަންދޫއެވެ.

"މި ފަސް ރަށަކީ މިވަގުތު މޮނިޓަރިންގައި ހުރި ރަށްރަށް. މާނައަކީ ފެނުނު ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށްރަށްވަނީ މޮނިޓަރިންގެ ހާލަތުގައި،" މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވިއެވެ.

އުތުރުގެ ފަސް ރަށެއް ލޮކްޑައުން ކޮށްފައިމިވަނީ އުތުރުގެ ރަށްތަކަކަށް ދަތުރުކުރާ ދެ ބޯޓަކުން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެއީ އިހަވަންދޫއަށް ނިސްބަތްވާ ދެ ބޯޓެވެ.