ޖެނީވާ -- ކޮވިޑް-19 އަށް ވެކްސިނެއް ހޯދަން ގައުމުތަކުން މަސައްކަތް ކުރި ނަމަވެސް ޖާދޫގެ ހައްލެއް ލިބެން އަދި ނެތް ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެއްޖެ އެވެ.
ޓެޑްރޯސް ވިދާޅުވީ ކޮވިޑަށް ފަރުވާއެއް ހޯދަން މަސައްކަތްކޮށް ވަރަށް ގިނަ ވެކްސިންތައް ތިން ވަނަ ފޭހަކާ ހަމައަށް ގެންދެވިފައިވާ ކަމަށާއި މި ބައްޔަށް ރައްކާތެރި ކާމިޔާބު ވެކްސިނެއް ލިބުން އެއީ އުންމީދު ނަމަވެސް އަދި މިހާތަނަށް ޖާދުލުގެ ހެއްލެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ވެކްސިނެއް ޓްރަޔަލްތައް ނިމުމުން ނޫނީ ދެން ވާނެ ގޮތެއް ނޭނގޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އޮތް ކަމަކީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން ކަމަށާއި މާސްކް އެޅުމަކީ ދުނިޔޭގެ އެއްބައިވަންތަކަމުގެ ރަމްޒަކަށް ހަދަން ޖެހޭ ކަމަށެވެ.