ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ ދެވަނަ ގައުމަކަށް އިންޑިއާ

1
 

އިންޑިއާއަކީ ދެވަނައަށް އެންމެ ގިނަ މީހުނަށް ކޮވިޑް-19 ޖެހިފައިވާ ގައުމަށް ވެއްޖެ އެވެ. އިންޑިއާގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު އިއްޔެ ވަނީ 4.2 މިލިއަނަށް އަރާފަ އެވެ. މިއާއެކު އިންޑިއާގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުން ބްރެޒިލަށް ވުރެ 70000 އިތުރުވެ. އަދި އިންޑިއާ މިހާރުވެފައި ވަނީ އެމެރިކާ ފިޔަވައި ދެވަނައަށް އެންމެ ގިނަ މީހުނަށް ކޮވިޑް ޖެހިފައިވާ ގައުމަށެވެ.

އިންޑިއާއަކީ ދެވަނައަށް އެންމެ ގިނަ މީހުނަށް ކޮވިޑް-19 ޖެހިފައިވާ ގައުމަށް ވެއްޖެ އެވެ. އިންޑިއާގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު އިއްޔެ ވަނީ 4.2 މިލިއަނަށް އަރާފަ އެވެ. މިއާއެކު އިންޑިއާގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުން ބްރެޒިލަށް ވުރެ 70000 އިތުރުވެ. އަދި އިންޑިއާ މިހާރުވެފައި ވަނީ އެމެރިކާ ފިޔަވައި ދެވަނައަށް އެންމެ ގިނަ މީހުނަށް ކޮވިޑް ޖެހިފައިވާ ގައުމަށެވެ.

އިންޑިއާގައި އިއްޔެ ވެސް އަލަށް 90802 މީހުނަށް ކޮވިޑް ޖެހުނެވެ. އެ ނަމްބަރާއެކު ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުނަށް ކޮވިޑްޖެހޭ ގައުމަކަށް ވެސް މިހާރު އިންޑިއާ ވެފައި ވެއެވެ. އެކަމަކު އަދިވެސް ދުނިޔޭގައި އެންމެ ގިނަ ބަޔަކަށް ކޮވިޑް 19 ޖެހިފައި ވަނީ އެމެރިކާގަ އެވެ. އެ ގައުމުގައި ހަ މިލިއަންއަށްވުރެ ގިނަ މީހުނަށް ކޮވިޑް 19 ޖެހިފައި ވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ނިސްބަތުން މަދެވެ. ވޭތުވެދިޔަ ފަސް ދުވަހު އެވެރެޖްކޮށް މި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު އުޅެނީ 1000 އިން މަތީގަ އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1016 މީހުން ކޮވިޑްގައި މަރުވެފައި ވެއެވެ. މި އަދަދާއެކު ކޮވިޑް ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 71642 އަރާފަ އެވެ.

އެކަމަކު ފަސް މަސް ދުވަހު ބަންދު ކޮށްފައި އޮތުމަށް ފަހު ހޯމަ ދުވަހު ދިއްލީގެ މެޓްރޯ ޓްރެއިން ނެޓްވޯކް ވަނީ ހުޅުވާފަ އެވެ. މިއީ އިންޑިއާގައި ރޭލު ދަތުރުފަތުރުގެ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުންޏެވެ. ރޭލުގެ ދަތުރުފަތުރުގެ ހިދުމަތް މެދުކަނޑާލިއިރު ދުވާލެއްގެ މައްޗައް އެވެރެޖްކޮށް 2.6 މިލިއަން މީހުން ހިދުމަތް ހޯދަ އެވެ. އަލުން ރޭލުގެ ހިދުމަތްދޭން ފެށިއިރު އިންޑިއާގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް އަޑިއަޅާލާފަ އެވެ. ކުރިއަރާފައިވާ ގައުމުތަކާއި އަޅާބަލާއިރު މިދިޔަ ކްއާޓާގައި އިންޑިއާގެ އިގްތިސޯދު ވަނީ 24 ޕަސެންޓް ދަށްވެފަ އެވެ.

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދުނިޔޭގައި އެހެން އެއްވެސް ގައުމެއްގައި ދުވާލެއްގެ މައްޗައް ކޮވިޑްޖެހޭ އަދަދަށްވުރެ ގިނައިން އިންޑިއާގައި މިހާރު މީހުނަށް ކޮވިޑް ޖެހެ އެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަނީ ލުއި ކުރަމުންނެވެ. ސިއްހީ ތަޖުރިބާކާރުންނާއި ހަވާލަދީ ބުނެފައިވާ ގޮތުގައި އިންޑިއާގައި ކޮވިޑް ޖެހުނު ކަމަށް އިއުލާނު ކުރާ އަދަދަށްވުރެ އެތައް ގުނައެއް ނަމްބަރު އިތުރެވެ.