ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އުނގޫފާރާއި އޮޅުވެލިފުއްޓަށް އަރާ ފޭބުން މަނާކޮށްފި

ރ. އުނގޫފާރާއި ޅ. އޮޅުވެލިފުއްޓަށް މީހުން އަރާ ފޭބުން މަނާކޮށް އެ ދެ ރަށް މޮނިޓަރިންއަށް ގެންގޮސްފި އެވެ.

އެޗްޕީއޭ އިން އުނގޫފާރު ކައުންސިލަށް މިއަދު ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އެ ރަށުގައި ތިބި އެއްވެސް މީހަކު، އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުން ވެސް އަދި އެހެން ބަޔަކު ރަށަށް އެރުން ވެސް މަނާ ކަމަށެވެ. އޮޅުއްވެއްޔަށް ވެސް އަންގާފައި ވަނީ އެގޮތަށެވެ.

އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް ޒަޔާން އަވަސް އަށް ވިދާޅުވި ގޮތުގައި އެ ރަށް މޮނިޓަރިން އަށް ލީ ރީޖަނަލް ހޮސްޕިޓަލުން އިއްޔެ މާލެ ފޮނުވި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެގެނެވެ.

އެއީ ދިވެއްސެއް ކަމަށާއި އެމީހާއަކީ އިތުރު ފަރުވާ އަށް ޅ. އަތޮޅު އޮޅުވެލި ފުށިން މިދިއަ އާދިއްތަ ދުވަހު އެ ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށާއި އެމީހާ ޕޮޒިޓިވްވި ކަން އެނގުނީ މާލެ ފޮނުވައި އައިޖީއެމްއެޗުގައި ހެދި ޓެސްޓް ހެދި ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ޕޮޒިޓިވް އެ ކޭހާ ގުޅިގެން އުނގޫފާރު ހޮސްޕިޓަލުގައި ބަލި މީހާ އާ ކޮންޓެކްޓުވި މީހުން ވަނީ ރެއިން ފެށިގެން ހޯމް ކަރަންޓީނަށް ފޮނުވާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް އިތުރުވެ އަތޮޅުތަކުގެ ތެރެއިން ވެސް މިހާރު ދަނީ ކޭސްތައް ފެންނަމުންނެވެ. އެޗްޕީއޭގެ މޮނިޓަރިންގައި މި ވަގުތު އޮތް ހަ ރަށަކީ ހދ. މަކުނުދޫ އައި ހދ. ފިނޭ އާއި ހދ. ނޮޅިވަރަމް އާއި ހއ. މާރަންދޫ އަދި ހއ. އިހަވަންދޫގެ އިތުރުން މިއަދު މޮނިޓަރިން އަށް ލީ ރ. އުނގޫފާރު އަދި ޅ. އޮޅުވެލި ފުއްޓެވެ.

އުތުރުގެ ފަސް ރަށެއް ލޮކްޑައުން ކޮށްފައި ވަނީ އުތުރުގެ ރަށްތަކަކަށް ދަތުރުކުރާ ދެ ބޯޓަކުން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެއީ އިހަވަންދޫއަށް ނިސްބަތްވާ ދެ ބޯޓެވެ.