މާލެ ހުޅުމާލެ ހައިވޭގައި ދެ ކާރެއް ޖެހި އެކްސިޑެންޓެއްގައި ހިނގައި ގެއްލުންތައް ވެއްޖެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި މި އެކްސިޑެންޓް ހިނގީ މިއަދު ގާތްގަނޑަކަށް 11:00 ޖަހާ އެހާކަންހާއިރު ހުޅުޅުމާލެ އިން މާލެއަށް އައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މާލެ އިން ހުޅުމާލެއަށް ދިޔަ ކާރެއްގައި ވަރަށް ބާރަށް ޖެހިގެނެވެ.
އެކްސިޑެންޓްގައި ދެ ކާރަށްވެސް ބޮޑެތި ގެއްލުންތައްވެފައިވެއިވާއިރު ފުލުހުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. ނުރައްކާތެރި އެކްސިޑެންޓްގައި ޖެހުނު ދެ ކާރު ދުއްވި ދެ މީހުންގެ އަތުގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތެވެ.