ރަކީދޫ

ރަކީދޫ ބަނދަރު ފުންކުރަން ފަށައިފި

Aug 5, 2020

ވ. ރަކީދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ މަސައްކަތް ސަރުކާރާއި ރައްޔިތުން ވެސް ބައިވަރިވާ ވިޔަފާރި ކުންފުނި އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ރަކީދޫ ފަޅުން 5645 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެ ކަމަށެވެ. އަދި ބަނދަރުގެ މަސައްކަތުގެ ތެރޭގައި 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮއްޓަކާއި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮއްޓެއް ލުމުގެ އިތުރުން 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ.

އެ ރަށުގައި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމާއެކު 429 އަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ވެސް އަޅާނެ އެވެ.

ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއަށް ދިނީ 18.5 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކުރީ އޮކްޓޯބަރު 1، 2019 ގައެވެ.