ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފުވައްމުލަކުން މީހަކު ޕޮޒިޓިވް ވެއްޖެ

ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ 36 އަހަރުގެ އަންހެނެކެވެ.

އޭނާ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ދޫކޮށްލުމަށް ހެދި ޓެސްޓުން ކަމަށްވެސް ތަސްލީމާ ވިދާޅުވި އެވެ.

މީގެ ކުރިންވެސް މާލެއިން ރަށްރަށަށް ދިޔަ މީހުން ހޯމް ކަރަންޓިނުން ދޫކޮށްލުމަށް ހެދި ޓެސްޓުތަކުން ބައެއް މީހުން ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު މި ބަލި ވަނީ ފެތުރެން ފަށާފަ އެވެ. އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން އެއްވެސް ރަށަކަށް މީހުން ދިޔުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ރޭގަނޑު 10:00 އާޢި ފަތިހު 5:00 އާއި ދެމެދު ބޭރުގައި އުޅުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި، މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.

މި ބައްޔަށް މިހާތަނަށް ރާއްޖެއިން 4000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 19 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.