ހަބަރު

އެމްޓީސީސީގެ ހިދުމަތަށް އައިއެސްއޯ ސެޓްފިކެޓް

Aug 6, 2020

ބައިނަލްއަގްވާމީ ފެންވަރަށް މޯލްޑިިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީ) ގެ ހިދުމަތްތަށް ސެޓިފައި ކޮށްފި އެވެ.

އެމްޓީސީސީއިން ބުނީ އެކުންފުނިން އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން ހާސިލް ކޮށްފައިވާ ކަމަށާއި އެކުންފުންޏަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސެޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސަޓިފައިކުރި ކުންފުނި ކަމަށެވެ.

އެކުންފުނީގެ ސެޓިފައި ކުރި އޮޕަރޭޝަންތަކުގެ ތެރޭގައި ސިވިލް ކޮންސްޓްރަކްޝަން ހިދުމަތާއި، ޓްރާންސްޕޯޓް ހިދުމަތާއި، ލޮޖިސްޓިކް ހިދުމަތާއި، އާންމު ވިޔަފާރީގެ ދާއިރާއިން، އިންޖީނާއި ސްޕެއާ ޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާ ފާހަގަ ކޮށްފައި ވެ އެވެ. އަދި ފަޅުފުންކުރުމާއި ބިންހިއްކުމުގެ ހިދުމަތާއި އިންޖިނިއަރިން އަދި ޑޮކިންގެ ހިދުމަތްވެސް އެކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ.

އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ. މިސިސްޓަމަށް އެމްޓީސީސީ ސަޓިފައި ކޮށްފައި ވަނީ މަޝްހޫރު އެސްޖީއެސް ޔުނައިޓެޑް ކިންގްޑަމުންނެވެ.

މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މިއީ އެކުންފުންޏަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށާއި މިކަން ހާސިލް ކުރުމަކީ، އެކުންފުނީގެ ވިޔަފާރީގެ ދާއިރާތަކުން ރައްޔިތުންނާއި ކަސްޓަމަރުންނަށް ފޯރިކޯށްދޭ ހިދުމަތުގެ ފެންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށާއި، ރިސްކުތަށް މެނޭޖްކޮށް، ކަސްޓަމަރުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު އިތުރުކުރުމަށް ކެނޑިނޭޅި ކުރެވެމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.