ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުޑަރިކިލުން ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ

ބ. ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީެއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކުޑަރިކިލުގައި ފުރަބަންދު ހޯމް ކަރަންޓީނުގައި ހުރި އުމުރުން 36 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި މީހާ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނު ނިންމާލުމަށްފަހު ހެދި ޓެސްޓުންނެވެ.

ކުޑަރިކޮލު ކައުންސިލް މެމްބަރު އާސިފް މޫސާ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބިދޭސީ މީހާ އަކީ މާލެއިން އެރަށަށް ދިޔަ މީހެއް ކަމަށާއި ކަރަންޓީނުގައި އޭނާ ހުރީ އެކަނި ކަމަށެވެ. އެހެން ކަމުން އެއްވެސް މީހަކާއި ކޮންޓެކްޓްވެފައިވާނެ ކަމަށް ގަބޫލު ނުކުރައްވވާ ކަމަށާއި ނަމަވެސް ރައްކާތެރިކަމަށްޓަކާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އާސިފް ވިދާޅުވީ ޕޮޒިޓިވް ވި ބިދޭސީ މީހާގެ ހާލު މިވަގުތު ރަނގަޅުކަމަށާއި އޭނާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.

މީގެ އިތުރަށް އާސިފް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކަށް ބޯލެނބުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާނެ ކަމަށާއި ގެއިން ބެރަށް ނިކުންނަ ނަމަ މާސްކް އަޅާއިގެން ނިކުތުމަށްވެސް އިލްތިމާސް ކޮށްފައިވާނެ ކަމަށެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 4400 އަށްވުރެ މައްޗަށް ގޮސްފައިވާއިރު މި ބަލީގައި މިހާތަނަށް 19 މީހަކު ވަނީ މަރުވެފަ އެވެ.