ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަމިއްލަ ފުށި ރިސޯޓް

އިތުރު ފުރިހަމަކަމާއެކު އަމިއްލަފުށި އަލުން ހުޅުވަނީ

Aug 8, 2020

ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު، ވަގުތީ ގޮތުން ބަންދު ކުރި އަމިއްލަފުށި ރިސޯޓް އަލުން ހުޅުވަން ރަށް އިތުރަށް ފުރިހަމަ ކޮށްފި އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓް ކަމަށްވާ އަމިއްލަފުށި ރިސޯޓު އަލުން ހުޅުވަނީ ވެސް ފިޔަވަހި ތަކަށް ބަހާލައިގެނެވެ. އޮކްޓޫބަރު އެއްވަނަ ދުވަހު އަލުން ހުޅުވާއިރު، ޓޫރިސްޓުންނަށް ހިދުމަތް ދޭން ބޭނުންވާ ހުރިހާ ވަސީލަތް ތަކެއް ވަނީ ކުރިއަށްވުރެ އެތައް ގުނައެއް ފުރިހަމަކޮށްފައި ވެސް ވެއެވެ. ހާއްސަކޮށް އެ ރަށުގެ ފެހިކަން ކުރިއަށް ވުރެ އިތުރަށް އިތުރުކޮށް ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އަމިއްލަފުށި "އަލުން އުފަންވުން"

އަމިއްލަ ފުށި އަލުން ހުޅުވަން ކުރިއަށް ގެންދާ އަމިއްލަ ފުށި "އަލުން އުފަންވުން" މަޝްރޫއު ފުރިހަމަ ވެގެންދާއިރު ރިސޯޓުގައި ތަރައްގީ ކޮށްފައިވާ ވިލާތަކާއި ރެސިޑެންސްތައް ހުންނާނީ އިތުރަށް ފުރިހަމަ ކޮށްފަ އެވެ. އެ ރިސޯޓުގެ ރެސިޑެންސްތައް ފަރުމާކޮށްފައި ވަނީ އަމިއްލަފުއްޓަށް ދާ ޓޫރިސްޓުންނަށް ބޭނުން ވާނެ ހުރިހާ ވަސީލަތްތަކާ ވެސް އެކުގަ އެވެ. މީގެ ރެސިޑެންސެއް ހިފާ ބަޔަކަށް ބަދިގޭގެ އިތުރުން ބޭނުން ވާނެ ހުރިހާ ވަސީލްތަކެއް ފުރިހަމަ އަށް ލިބެން ހުންނާނެ އެވެ.

އަމިއްލަ ފުށީގެ ރެސިޑެންސްތަކާއި ވިލާތައް ފަރުމާ ކޮށްފައި ވަނީ އެތަނުގައި ތިބޭ މީހުންނަށް މެއިން ރެސްޓޯރެންޓަށް ނުގޮސް ކެއުން ބުއިމުގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްލެވޭނެ ގޮތަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މިހާލަތަށް ގުޅޭ ގޮތަށް ހުރިހާ ހިދުމަތްތަކެއް ވެސް ބައްޓަން ކޮށްފައި ވެއެވެ. މޭޒުތައް ދުރު ދުރުގައި ހުރުމުގެ އިތުރުން މެނޫ އާއި ބިލްތައް ޑިޖިޓަލްކޮށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި "ހޯމް ޑެލިވަރީ" ގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އެ ރިސޯޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ޑަބްލިއުއެޗްއޯ އާއި ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑު ތަކަށެވެ. ރިސޯޓުގެ ހުރިހާ ވަސީލަތްތަކެއް ގަވާއިދުން ޑިސް އިންވެކްޓްކޮށް އެހެން ފިޔަވަޅުތައް ވެސް އަޅާނެ އެވެ.

ފުރުޓީ ލޮކްޑައުން ޕްރޮޖެކްޓް

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރި ނަމަވެސް އެ ރިސޯޓުގެ ގިނަ ބަޔަކު ތިބީ އެ ރިސޯޓުގަ އެވެ. އެހެންވެ ރަށުގެ ފެހިކަން އިތުރަށް ފުރިހަމަ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އަމިއްލަފުށިން ކުރިއަށް ގެންދިޔަ "އަމިއްލަފުށި ފުރުޓީ ލޮކްޑައުން" ޕްރޮޖެކްޓުގެ ދަށުން އަލުން ރިސޯޓް ހުޅުވާއިރު ފަތުގެ ބާވަތްތަކާއި މޭވާ އާއި ތަރުކާރީ އެ ރިސޯޓުން ލިބޭނެ އެވެ. މިގޮތުން ސްޕިނިޗް ފަތުގެ އިތުރުން މަޝްރޫމް އާއި ލުންބޯ ފަދަ ބާވަތްތައް ވެސް އެ ރިސޯޓުގައި ވަނީ ހައްދާފަ އެވެ.

ބ. އަތޮޅުގައި ހިންގަމުން ގެންދާ އަމިއްލަ ފުށި ރިސޯޓުން ދާދިފަހުން ވަނީ އެ ރިސޯޓުގެ ވިލާތައް ގަނެ އެއިން މަންފާ ހޯދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެ ރިސޯޓަކީ ދުނިޔޭގެ މަޝްހޫރު ތަރިން ގިނަ އަދަދަކަށް ޗުއްޓީ ހޭދަ ކުރާ ރިސޯޓެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހޮލީވުޑްގެ ބަތަލާ ލިންޒީ ލޯހަން ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ.