ހަބަރު

ކޮލަމާފުށިން ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި ފިރިހެނަކު، ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ މައްސަލައެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުށަހަަޅާފައިވާ ކަމަށެެވެ. އަދި މި މައްސަލަައާއި ގުޅިގެން 46 އަހަރުގެ ފިރިހެންކު ހައްޔަރުކޮށްފައިވާ ކަމށެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެފު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

މިމީހާ އަށް ފިޔަވަޅު އެޅުން ލަސްވުމުން ކޮލަމާފުށި ޒުވާނުން ވަނީ މުޒާހަރާކޮށްފަ އެވެ.

ހައްޔަރުކޮށްފައިވަނީ ކޮލަމާފުށީ އަންގެނެކާއި އިނދެގެން އެ ރަށުގައި ދިރިއުޅެމުންދާ ގދ. ތިނަދޫ މީހެކެވެ. އޭނާ ކުޑަކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައިވަނީ އޭނާގެ އަންހެނުން ރަށުގައި ނެތީސް އެ ކުއްޖާ ގްރޫމްކޮށްގެން ގެއަށް ގެނެސްގެން ކަމަށް ރަށުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފަ އެވެ. އަދި އެމީހާ އަކީ އެފަދަ މައްސަލައެއްގައި މީގެ ކުރިން ހުކުމްކޮށް ކޮލަމާފުށްޓަށް އަރުވާލި މީހެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.