ހަބަރު

ކުޑަ ކުއްޖަކާ ބެހުނު މީހަކު ހައްޔަރު ކޮށްފި

Aug 1, 2020
1
0%
0%
0%

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި 46 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ގއ. ކޮލަމާފުށީ މީހަކާ އިނދެގެން އުޅޭ ގދ. ތިނަދޫ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާއާ ދެކޮޅަށް ކޮލަމާފުށީގައި ޒުވާނުންތަކެއް ނުކުމެ އިހްތިޖާޖެއް ކުރުމުންނެވެ.

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާއިރު އިއްޔެ އައްޑޫ ސިޓީން ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙެޔޮ

ކަތީބް އިއްސެ ރަށުން ބާލާފަ ތިނަދުއަށް ފޮނުވާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345