ހަބަރު

ކުޑަކުއްޖަކާ ބެހިގެން ހައްޔަރު ކުރި މީހާ ދޫކޮށްލައިފި

Aug 19, 2020
ގއ. ކޮލަމާފުށި: ކުޑަކުއްޖަކާ ބެހިގެން އެރަށުން ހައްޔަރު ކުރި މީހާ ދޫކޮށްލައިފި--- ފޮޓޯ: ފޭސްބުކް
0%
0%
0%

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ގއ. ކޮލަމާފުށިން ހައްޔަރު ކުރި މީހާ ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި މީހާ ބަންދުގައި ބަހައްޓަން ކޯޓުން ކުރި އަމުރު ރިވިއު ކޮށްދިނުމަށް ދިފާއީ ވަކީލުން ކޯޓަށް ހުށަހެޅުމުން އެ އަމުރު ރިވިއު ކުރުމަށްފަހު އޭނާ ދޫކޮށްލުމަށް އިއްޔެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި 46 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާދީފަ އެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީވެސް ކޮލަމާފުށިން ބަޔަކު ނިކުމެ މުޒާހަރާ ކުރުމުންނެވެ. އެނގިފައިވާ ގޮތުގައި އެ މީހާ އަކީ އެރަށު މީހަކާއި އިނދެގެން އުޅޭ ގދ. ތިނަދޫ މީހެކެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345